Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފި

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވަރކޮށް އިންސްޓޯލްކުރުމަށް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިދާރާ
ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވަރކޮށް އިންސްޓޯލްކުރުމަށް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ. މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޝައުޔާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 1،393،900.00 ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައިވަނީ ފަށާތާ 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.