Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ބައިނަލްއަޤުވާމީ ގަރލްސް އިން އައި.ސީ.ޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލް އަދި ކޮލެޖްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އަންހެން ކުދިން އައި.ސީ.ޓީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީއިން ބާއްވައިފި

ބައިނަލްއަޤުވާމީ ގަރލްސް އިން އައި.ސީ.ޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލް އަދި ކޮލެޖްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އަންހެން ކުދިން އައި.ސީ.ޓީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީއިން ބާއްވައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ އިދާރާ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ބައިނަލްއަޤުވާމީ ގަރލްސް އިން އައި.ސީ.ޓީ ދުވަހާއި ގުޅުވައިގެން އައި.ސީ.ޓީ ދާއިރާގައި މަސައްކަތްކުރާ އަންހެން ބޭކަނބަލުންނާއި، ސްކޫލް އަދި ކޮލެޖްތަކުގެ ދަރިވަރުންނާއި އެކު އައި.ސީ.ޓީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ވަރޗުއަލްކޮށް ބޭއްވުނު މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ އަންހެން ކުދިންނަށް އައި.ސީ.ޓީ ދާއިރާގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން އޮޅުންފިލުވައިދީ، އައި.ސީ.ޓީ ދާއިރާއަށް ޝައުޤުވެރިކުރުވުމާއި، މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި މުސްތަޤުބަލުގައި ދިވެހިރާއްޖޭގައި އައި.ސީ.ޓީ ދާއިރާގައި މަސައްކަތްކުރާ އަންހެން ކުދިން އިތުރުކުރުމެވެ.

މިގޮތުން މިއަދު މި ބޭއްވުނު ހާއްސަ ޕްރޮގްރާމުގައި އައި.ސީ.ޓީ ދާއިރާގައި ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް 5 އަންހެން ބޭކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭކަނބަލުންނަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑިޕަރޓްމަންޓް އޮފް ކޮންޕިއުޓަރ ސައިންސް ގެ ލެކްޗަރަރ އަލްފާޟިލާ އަސްމާ ރުޝްދީ، ނޭޝަނަލް ވަރކިންގ ގްރޫޕް އޮފް ވިމެން އިން ސައިންސް އެންޑް ޓެކްނޯލޮޖީގެ ނައިބު މުގައްރިރު އަލްފާޟިލާ ފާތިމަތު ޝަޒްނާ އަލީ، ވިލާ ޝިޕިން އެންޑް ޓްރޭޑިންގ ކޮންޕެނީގެ އޭ.އައި އިންޖިނިއަރ އަލްފާޟިލާ ޝަހުޒާ އަބްދުލް ކަރީމް، ނޭޝަނަލް ވަރކިންގ ގްރޫޕް އޮފް ވިމެން އިން ސައިންސް އެންޑް ޓެކްނޯލޮޖީގެ އައި.ޓީ މެންބަރު އަލްފާޟިލާ ހަފްސަތް އަލީމް އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސޮފްޓްވެއަރ އެނެލިސްޓް އަލްފާޟިލާ އައިޝަތު ހަސަންއެވެ.

މި ކަނބަލުން ދެއްކެވި ވާހަކައިގައި އެ ބޭފުޅުން އެ ދާއިރާތަކުން ކުރިއަށް ވަޑައިގެންނެވި ގޮތާއި، އައި.ސީ.ޓީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ގޮތް ހާމަކޮށްދެއްވިއެވެ. ހާއްސަގޮތެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑިޕަރޓްމަންޓް އޮފް ކޮންޕިއުޓަރ ސައިންސް ގެ ލެކްޗަރަރ އަލްފާޟިލާ އަސްމާ ރުޝްދީގެ ވާހަކަފުޅުން އައި.ސީ.ޓީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީގައި ހުރި ފުރުސަތުތައް ވަނީ ދަރިވަރުންނާއި ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ނައިބު އަލްފާޟިލާ ފާތިމަތު ޝަހީދާ ވަނީ އައި.ސީ.ޓީ ދާއިރާއިން ތައުލީމު ހާސިލްކުރުމަށާއި، މި ދާއިރާއިން މަސައްކަތުގެ މާހައުލަށް އަންހެން ކުދިން ނުކުތުމަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައެވެ.