Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ނ. ހޮޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ

ނ. ހޮޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރުމުގެ ވަޢުދުގެ ދަށުން ނ. ހޮޅުދޫގައި ތަރައްޤީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެއެވެ. މިއީ މި ސަރުކާރުގެ ފަރާތުން ޤާއިމްކުރި ފުރަތަމަ ފުޓްބޯޅަ ދަނޑު ކަމަށްވާއިރު މި ދަނޑުގެ ސަބް ބޭސް މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ކޮމްޕެނީ (ސިވެކް) އިންނެވެ. އަދި މި ދަނޑުގައި ޓާރފް އަޅާފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. ހޮޅުދޫ ދަނޑުގެ މަސައްކަތް ނިމިފައިވާއިރު އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފ. ނިލަންދޫގައި ޤާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެއެވެ. ހަމައެހެންމެ ކުރިޔަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އިތުރު 15 ދަނޑުގެ މަސައްކަތް ނިންމާލެވޭނެއެވެ. ރާއްޖޭގައި އެންމެ މަޤްބޫލް ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެމެންދާ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް 40 ދަނޑުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްދާކަން ފާހަގަކޮށްލަމެވެ.