Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ޢުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ މުއްދަތު އިތުރުކޮށްފި

2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަސް ފެށިގެންދާއިރު، ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަށް އެކަށީގެންވާ ފުރުޞަތެއް ލިބިފާ ނުވާތީ އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފިއެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްފައިވަނީ، އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން
2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަސް ފެށިގެންދާއިރު، ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަށް އެކަށީގެންވާ ފުރުޞަތެއް ލިބިފާ ނުވާތީ އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފިއެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްފައިވަނީ، އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މިގޮތަށް މުއްދަތު އިތުރުކޮށްފައި މިވަނީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ 24 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން 2 (ދޭއް) އަހަރުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެކެވެ.