Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު ތ. ވިލުފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް 2 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ: މިނިސްޓަރ މަޙްލޫފް

ތ. ވިލުފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން
ތ. ވިލުފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. ވިލުފުށި ދަނޑުގެ ސަބް ބޭސްގަައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. އާ އެއެކު އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. އަދި ދަނޑުގައި އެޅުމަށް ބޭނުންވާ ޓާރފް އެ ރަށަށް ގެންގޮސްފައިވާއިރު އިތުރު ހުރަހެއް ދިމާނުވާނަމަ ދެ މަސް ދުވަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ މިހާތަނަށް ފ. ނިލަންދޫ އަދި ނ. ހޮޅުދޫ ދަނޑުގެ މަސައްކަތް މިނިސްޓްރީއިން ވަނީ ނިންމާލާފައެވެ.