Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޚަބަރާއި އާންމު ލިޔުންތައް

ޚަބަރު މަތީ ތަޢުލީމަށް ޒަކާތު ފަންޑު ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

"މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުޞަތު އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފިއެވެ. މި ފުރުޞަތަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން ހުޅުވާލާފައިވާ ފުރުޞަތެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން




"މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު"ގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުޞަތު އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފިއެވެ. މި ފުރުޞަތަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން ހުޅުވާލާފައިވާ ފުރުޞަތެކެވެ.

މި އުޞޫލުގެ ދަށުން ދެކޮޅު ޓިކެޓުގެ ޚަރަދު، ކޯހުގެ ޓިއުޝަންފީ، ވިސާގެ ާޚަރަދު، ކޯސް ރެޖިސްޓްރޭޝަން ޚަރަދު، ހެލްތް އިންޝުއަރެންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ބުކް އެލަވަންސް އަދި ޑިޕާޗަރަ އެލަވަންސް ލިބޭގޮތަށްވަނީ ހަމަޖައްސާފައެވެ. ހަމައެހެންމެ ޒަކާތު ފަންޑުގެ ސްކޮލާޝިޕް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • އިސްލާމީ ޝަރީޢާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.
  • މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ޙައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން.
  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.
  • ޚާއްޞަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން.
  • ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުން ހިމެނެއެވެ.

އެހީއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް http://islamicaffairs.gov.mv އިންވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި، 3020294 ، 3020209 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.