މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު
ޙަސަން ޒަމީލް
ބަޔޯގްރަފީ
މިނިސްޓްރީ އޮފް ޑިފެންސަށް ވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނު އަދާކުރައްވަމުން ގެންދެވީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ.
އަލްއުސްތާޛު ޙަސަން ޒަމީލަކީ 1999 ވަނަ އަހަރު، އިންޑިޔާގެ އިންދިރާ ގާންދީ ނޭޝަނަލް އޯޕަން ޔުނިވަރސިޓީން ބެޗްލަރ އޮފް ކޮމަރސް އާއި، 2017 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އާއި، 2018 ވަނަ އަހަރު، ހަމަ އެޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ.
އަދާކުރާ ޒިންމާ
ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލު މަޤާމަށް އައްޔަންކުރެއްވީ 20 ފެބްރުއަރީ 2019 ގައެވެ. ޑެޕިއުޓީ މިނިސްޓަރުގެ ޙައިސިއްޔަތުން، އެމަނިކުފާނު އަދާކުރައްވާ ޒިންމާއަކީ، މިނިސްޓަރ އޮފް ޑިފެންސްގެ ލަފާފުޅާއި އިރުޝާދުގެ މަތިން، މިނިސްޓްރީ އޮފް ޑިފެންސްގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓެވުމެވެ.