Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. މީހުން
  3. އަލްއުސްތާޛާ މާރިޔާ ދީދީ

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީ


ބަޔޯގްރަފީ

އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އަކީ، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ދިފާޢީ ވަޒީރެވެ. 17 ނޮވެމްބަރު 2018 ގައި މަޤާމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން، މިނިސްޓަރ މާރިޔާ ވަނީ 20 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ދުނިޔޭގެ ފެންވަރުގައިވެސް، ޤާނޫނު ހަދާ މަޖިލީހުގައި މެދުނުކެނޑި 4 ދައުރު ފުރިހަމަކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ އާ ޤާނޫނު އަސާސީ އެކުލަވާލެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި ޑްރާފްޓިންގ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ.
އެކަމަނާއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ދިފާޢީ ވަޒީރުގެ އިތުރުން، ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ޤާނޫނީ ވަކީލެވެ. އަދި އެކަމަނާއަކީ، ރާއްޖޭގައި ޙަރަކާތްތެރިވާ މައިގަނޑު ސިޔާސީ ޕާޓީއެއްގެ ޗެއަރޕަރސަންކަން އެންމެ ފުރަތަމަ ކުރެއްވި އަންހެން ބޭފުޅާވެސްމެއެވެ. 2008 ވަނަ އަހަރު، ގިނަ ޕާޓީތަކުން ވާދަކުރާ ގޮތަށް ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ން ކާމިޔާބުކުރީ އެކަމަނާގެ ޗެއަރޕަރސަންކަމުގައެވެ.
އިނގިރޭސިވިލާތުގައި ޤާނޫނީ ރޮނގުން މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވާ މިނިސްޓަރ މާރިޔާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މުޙައްމަދު ޢާމިރާއެވެ. އެކަމަނާގެ 1 އަންހެން ބޭފުޅަކާއި 2 ފިރިހެން ބޭފުޅުން ތިއްބަވައެވެ.


އަދާކުރާ ޒިންމާ

ސަރުކާރުގެ ސިޔާސަތުތަކާއި ޢަމާޒުތައް ޙާސިލްވުމަށް މަގުފަހިވާނެހެން، މިނިސްޓްރީ އޮފް ޑިފެންސްގެ ވިޝަން އާއި މިޝަން ޙާސިލްކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މުއައްސަސާތަކާއި އިދާރާތައް ބެލެހެއްޓުން.