Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު "ކޮވިޑް-19" އާއި ގުޅިގެން މިނިސްޓްރީއިން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ

"ކޮވިޑް-19" އާއި ގުޅިގެން މިނިސްޓްރީއިން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން


މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ( ކޮވިޑް-19 ) އާއި ގުޅިގެން މިނިސްޓްރީއަށް ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތައް ވީހާވެސް މަދުކުރުމުގެ ގޮތުން މިއަދުން ފެށިގެން މިނިސްޓްރީއަށް އާންމު ފަރާތްތަކުންނާއި ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތައް ތިރީގައި މިދަންނަވާ މެއިލަށް ފޮނުއްވުމަށް އެދޭ ވާހަކަ ދަންނަވަމެވެ.

މަދަނީ ޖަމްޢިއްޔާތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް: cso@youth.gov.mv

ކުލަބު ޖަމްޢިއްޔާތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް : cos@youth.gov.mv

އެހެނިހެން ލިޔެކިޔުންތައް: info@youth.gov.mv

އަދި ދަންނަވަމެވެ. މިމިނިސްޓްރީގެ އެއްވެސް ޚިދުމަތަކާ ގުޅޭގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ތިރީގައިވާ މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރާ ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ހޮޓްލައިން: 7905784

މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ލިޔެކިޔުން


156 covid 19 aai gulhey

ފޯމެޓް : PDF
ސައިޒް: KB 119.29 KB