Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމާއި ބެހޭ

ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރެވޭ ގޮތައް ހެދުމަށްޓަކައި

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިދާރާ


ދިވެހި އެޕްލިކޭޝަންތަކާއި އޮންލައިން ވިޔަފާރިތައް ތަރައްޤީވެ ފުޅާވަމުންދާއިރު، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ހޯދާފަރާތްތަކަކީ ސައްޚަ ފަރާރްތަކެއް ކަށަވަރުކުރުމަކީ އޮންލައިން ވިޔަފާރިއަށް ރައްޔިތުންގެ އިތުބާރުލިބި އިތުރު އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމެއްކަމަށް މި އިދާރާއިން ޤަބޫލުކުރަމެވެ.

މިކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރެވޭ ގޮތައް ހެދުމަށްޓަކައި، މިފަދަ ޑިޖިޓަލް ޚިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކުން އީ-ފާސް ޚިދުމަތް ބޭނުންކުރުމަށްއެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.

މި ހަރަކާތުގެ ބޭނުމަކީ، މި ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކާއި އެކު މި ނިޒާމު ހިންގުމުގެ "ބީޓާ" ޓެސްޓިންގްއެއް ހެދުމެވެ. ވީމާ މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން 15 މެއި 2021 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފޯމް efaas.support@ncit.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާއި ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެއެވެ.

https://www.gazette.gov.mv/iulaan/view/148478

ލިޔެކިޔުން


eFaas Integration Request Form-Private Public Companies

ފޯމެޓް : PDF
ސައިޒް: KB 254.33 KB





eFaas Integration Request Form-Private Public Companies

ފޯމެޓް : DOCX
ސައިޒް: KB 92.05 KB