Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު " ޤައުމީ ޒުވާނުންގެ ދުވަސް" 2020

" ޤައުމީ ޒުވާނުންގެ ދުވަސް" 2020 ފާހަގަކުރުމާއި ގުޅޭ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން


މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުއެވެ. މިނިސްޓްރީގެ ފަރާތުން މި ދުވަސް މިއަހަރު ފާހަގަ ކުރުމަށް ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަ ކުރުމުގެ އެއް މަގުސަދެވެ. އެހެން ކަމުން މިފަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ގަސްތުކޮށްފައިވަނީ އަތޮޅުތެރޭގައެވެ.

ވީމާ މި ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް 10 މާރިޗު 2020 އަންގާރަ ދުވަހު 11:00 އަށް މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ރަށެއްގައި މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ،ރަސްމީ ޖަލްސާ ބޭއްވިގެން ދާނެއެވެ. ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ ކައުންޓަރ އަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން info.yd@youth.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ 30 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.