Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން


ކޮމަންވެލްތުގެ ހުރިހާ ޤައުމެއް ހިމެނޭގޮތަށް އެކުލަވާލެވޭ ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މިގޮތުން ޔޫތު ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ދާއިރާތަކާއި ޝަރުތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ދާއިރާތައް

ޗެއަރޕާސަން ވައިސް - ޗެއަރޕާސަން (އިންކްލޫޝަން އެންޑް އެންގޭޖްމަންޓް) ވައިސް - ޗެއަރޕާސަން (ޕާޓްނާޝިޕްސް އެންޑް ރިސޯސަސް) ވައިސް - ޗެއަރޕާސަން (ޕޮލިސީ އެންޑް އެޑްވޮކެސީ) ރީޖަނަލް ރެޕްރެޒެންޓޭޓިވް (އެފްރިކާ އެންޑް ޔޫރަޕް) ރީޖަނަލް ރެޕްރެޒެންޓޭޓިވް (އޭޝިއާ) ރީޖަނަލް ރެޕްރެޒެންޓޭޓިވް (ކެރީބިއަން އެންޑް އެމެރިކާސް) ރީޖަނަލް ރެޕްރެޒެންޓޭޓިވް (ޕެސިފިކް) ރެޕްރެޒެންޓޭޓިވް - ސްޕެޝަލް އިންޓްރެސްޓް ގްރޫޕްސް (އެނީ ރީޖަން) ޝަރުތުތައް

ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގައި މަދުވެގެން 3އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޤައުމީ ޒުވާނުންގެ ޤައުމީ މަޖިލީހުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން އުމުރުން 15 އަހަރާއި 27 އަހަރާދެމެދުގެ ފަރާތަކަށްވުން މި ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ، ސީ.ވީ އަދި ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީތައް 10 މާރިޗު 2020ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މާފަންނު އިޖުތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) އަށް ހުށައެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ info.yd@youth.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް 3313912 ،3323860 ،3029404 އަދި 3029405 އާއި ގުޅުއްވުން އެދެމެވެ. އަދި ކޮމަންވެލްތު ޔޫތު ކައުންސިލާއި ގުޅޭ އިތުރުމަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ލިބިލައްވާނެއެވެ.

https://chogm2020.rw

https://www.mi-nomination.com/cyc/resources/CYC Executive Role Descriptions (annex4).pdf

ނޯޓް: ކޮމަންވެލްތު ޔޫތު ކައުންސިލަށް ހޮވޭ ފަރާތްތަކުން 2020 ޖޫން 20ން 23އަށް ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތު ޔޫތު ފޯރަމް (ސީ.ވައި.ސީ)ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ކޮމަންވެލްތު ޔޫތު ކައުންސިލްގެ އިންތިހާބުވެސް މި ފޯރަމްގައި ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.