Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން ފަސްކުރުން

ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން ފަސްކުރުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ފަރާތުން


މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރަމުންދާ ދަނޑިވަޅެއްގައި ދިވެހި ރާއްޖެއިންވެސް މިކަމަށް ރައްކާތެރިވުމުގެ ގޮތުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިކަމާ ގުޅިގެން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރއަށް ލިބިދޭ ބާރުތަކުގެ ތެރެއިން އަންނަނިވި ނިންމުންތައް ނިންމައިފީމެވެ.

  1. ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފީމެވެ.
  2. 17 މާރިޗު 2020 ގެ ފަހުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތަކުގެ މުއްދަތު މި ޙާލަތުގެ ނިމެންދެން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްފީމެވެ. ސަރުކާރުން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި ޢާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދެވޭނެ ވާހަކަ ދެންނެވީމެވެ.
    މި މުއްދަތުގެ ތެރޭގައި ގިނަމީހުން އެއްތަނަކަށް އެއްވެ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތައް މަޑުޖައްސާލުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖަމްޢިއްޔާތަކުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅާނަމަ cso@youth.gov.mv އަށް އީ-މެއިލްކޮށްދެއްވުން އެދެމެވެ.