Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އުސޫލް -/35000ރ އިން މަތީގެ ތަކެތިގަތުމަގުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލު

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ގޭގައި ތިބެގެންނާއި އޮންލައިންކޮށް ކުރުމަށް ސަރުކާރުން އަންގާފައިވުމާއެކު، އެން.ސީ.އައި.ޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ގަތުމަށްޓަކައި ބީލަން މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެވެ. މިގޮތުން ބީލަމުގެ މައުލޫމާތު ދިނުމާއި، ދެފުއްފެންނަ، އިންސާފުވެރި ގޮތަކަށް ބިޑް ހުޅުވުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތް މި އުސޫލުގެ ދަށުން ބަޔާންކުރެވިފައިވާނެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ގެ ފަރާތުން


މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ވުމަށް ދައުލަތުގެ އޮފީސްތައް ނުހުޅުވަން ސަރުކާރުން ނިންމުމާއި، އަދި ގޭގައި ތިބެގެން އޮފީސް ތަކުގައި މަސައްކަތް ކުރުމާއި، އަދި ސަރުކާރުން އަޅާފައިވާ އިޖްތިމާއީ ގައިދުރުކުރުމުގެ މިންގަޑުތަކަށް ތަބާވުމާއި އެކު، އޮފީހުގެ މަސައްކަތްތަކަށް ހޯދަންޖެންހޭ 35,000/- ރުފިޔާއަށް ވުރެއް މަތީގެ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މާލިއްޔަތު ޤަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސް އިން މި މަސައްކަތްކުރުމަށް ކުރިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަޤްސަދު ނުގެއްލޭގޮތަށް އިންސާފުވެރިކަމާއި ދެފުއް ފެންނަގޮތަށް، އޮންލައިންކޮށް ބީލަން ހުޅުވުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ތައްޔާރުކުރެވުނު އުސޫލެވެ.

ލިޔެކިޔުން