Skip to main content

  1. ފުރަތަމަ ޞަފްޙާ
  2. ޝާއިޢުކުރުންތައް

އާންމު މަޢުލޫމާތު ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ މެމްބަރުން

.

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިދާރާ


ޤާނޫނު ނަންބަރު 16/2019 (ވިސްލްްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ޤާއިމްކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލައްވާފައިވާ "ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިން" ގެ 31 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ އެތެރޭގެ އިންތިޒާމްތަކުގައި (ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ) ގައި ހިމެނޭ މުވައްޒަފުންގެ މަޢުލޫމާތު އެ އިދާރާއެއްގެ ވެބްސައިޓްގައި ޝާއިޢުކުރަންވާނެކަމަށެވެ.

ވީމާ ޤާނޫނު ނަންބަރު 16/2019 (ވިސްލްްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މިނިސްޓްރީގައި ޤާއިމްކޮށްފައިވާ "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ" ގައި ހިމެނޭ މެމްބަރުންގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1. އަލް އުސްތާޛާ ފާޠިމަތު ޝިނާޒާ - ސީނިއަރ ލީގަލް އޮފިސަރ (ޗެއަރ ޕަރސަން / ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ)

  2. އަލްފާޟިލް ޠަލްއްޢަތު ރައޫފުއްދީން - ޑިރެކްޓަރ ޖެނެރަލް (މެމްބަރ)

  3. އަލްފާޟިލާ ސުޢޫދާ މުޙައްމަދު - އެސިސްޓެންޓް ފައިނޭންސް އޮފިސަރ (މެމްބަރ)