Skip to main content

ޚިދުމަތް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައިދިނުން

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން

ދަޢުލަތުގެ އިދާރާތަކާއި ކުންފުނިތަކާއި އަދި ޖަމްއިއްޔާތަކަށް ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް މި މިނިސްޓްރީއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) މެދުވެރިކޮށް ހިންގައިދެމެވެ. އަދި މިޕްރޮގްރާމްތައް ހިންގައިދެނީ މި ހިދުމަތަށް އެދޭ ފަރާތުން މި މިޕްރޮގްރާމް ހިންގުމަށް ދާ ޚަރަދާއި ބޭނުންވާ ތަކެތި ހޯދުމަށް ދާ ޚަރަދު ކުރާ ގޮތަށެވެ. މިގޮތުން މި މިނިސްޓްރީއިން އާއްމުގޮތެއްގައި ހިންގައިދެވޭ ޕްރޮގްރާމްތައް ތިރީގައި މިވަނީ އެވެ

  1. މެރިޓައިމް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް

  2. ފަޔަރ ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް

    އަދި މިނޫނަސް ބައެއް ޚާއްސަ ޕްރޮގްރާމްތައް ސަރުކާރުގެ އޮފީސްތަކަށް ހިންގާދެވެއެވެ

ޚިދުމަތަށް އެދެވޭނީ ކާކަށް؟

  • ރައްޔިތުން

ޚިދުމަތަށް އެދެން ބޭނުންވާނެ ލިޔެކިއުން

މި ޚިދުމަތަށް އެދެންޖެހޭނީ ސިޓީއަކުންނެވެ

ޚިދުމަތަށް އެދެވޭނީ ކޮންތާކުށް؟

  • މިނިސްޓްރީ އޮފް ޑިފެންސް އަމީރު އަޙްމަދު މަގު މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

އެސިސްޓަންޓް ޑިރެކްޓަރ ހިފްޒާ އިބްރާހީމް

ފޯން: 601 3322 960+

ފެކްސް: 525 3325 960