Skip to main content

ޚިދުމަތް ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތައް ރައްކާ ކުރާ ގުދަން ޗެކުކުރުން

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން

ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މިނިސްޓްރީގެ ހާއްސަ ހުއްދަ އާއެކު މެނުވީ ދިވެހިރާއްޖެއަށް ގެނައުން މަނާކުރެވިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތް ބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް ގެނެސް އަދި ގެންގުޅެ ހަދަންވާނީ "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ރާއްޖެ އެތެރެކުރާ ކެމިކަލްތައް ރައްކާކުރާ ގުދަނަކީ އިސްވެ ދެންނެވުނު ގަވާއިދުގައި މިންގަނޑުތަކަށް ފެތޭ ގުދަނަކަށް ވާންވާނެއެވެ. އަދި މިފަދަ ކެމިކަލްތައް ރައްކާކުރުމަށް ހުއްދަ ދެވޭނީ، ގުދަން ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހުރިތޯ ބެލުމަށް ފަހުގައެވެ.

ޚިދުމަތަށް އެދެވޭނީ ކާކަށް؟

  • ރައްޔިތުން

ޚިދުމަތަށް އެދެން ބޭނުންވާނެ ލިޔެކިއުން

ރާއްޖެ އެތެރެކުރެވޭ ކެމިކަލްތައް ރައްކާކުރާ ގުދަން ޗެކުކުރުމަށް އެދި ހުށަހަޅުއްވާނީ "ކެމިކަލް ރައްކާކުރާ ގުދަނުގެ ހުއްދައަށް އެދޭ ފޯމް" . އަދި މި ފޯމާއެކު ގުދަނުގެ އިންޝުއަރެންސް ހުށަހަޅަންވާނެއެވެ. އިންނެވެ

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު

މި ފޯރމް މި ވެބްސައިޓްގެ ޚިދުމަތައް އެދޭ ފޯރމް އިން ޑައުންލޯޑް ކުރެއްވޭނެއެވެ

ޚިދުމަތަށް އެދެވޭނީ ކޮންތާކުށް؟

  • މިނިސްޓްރީ އޮފް ޑިފެންސް އަމީރު އަޙްމަދު މަގު މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

ޒިދުނާ މުޙައްމަދު

ޓެކްނޯލޮޖިސްޓް

ފޯން: 3346813

ފެކްސް: 525 3325