Skip to main content

ޚިދުމަތް އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓް ދޫކުރުން

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހަރަކާތްތެރިވެފައިވާ އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި އަދި އެހެނިހެން ހާދިސާތަކުގެ ރިޕޯޓް، ސަރުކާރުގެ އިދާރާތަކާއި އަދި އެ ހާދިސާގައި މަސްލަހަތު ހިމެނޭ އާއްމު ފަރާތްތަކަށް މި މިނިސްޓްރީގައި ސިޓީއަކުން އެދުމުން ދޫކުރަމެވެ. މި ޚިދުމަތަށް އެދޭ ފަރާތުން ހާދިސާ ހިނގިތަނާއި ތާރީޚް ބަޔާންކުރައްވަން ވާނެއެވެ

ޚިދުމަތަށް އެދެވޭނީ ކާކަށް؟

  • ރައްޔިތުން

ޝަރުތު

ހާދިސާތަކުގައި މަސްލަޙަތު ހިމެނޭ ޢާންމު ފަރާތްތައް

ޚިދުމަތަށް އެދެން ބޭނުންވާނެ ލިޔެކިއުން

އަދި ކަނޑުމަތީގައި ހިނގާ ހާދިސާތަކުގެ ރިޕޯޓު ހޯދުމަށްޓަކައި އެދި ހުށަހަޅާއިރު އެ އުޅަނދެއްގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއި އުޅަނދުގެ ރަޖިސްްޓްރީޣެ ކޮޕީ އަދި ސަލާމަތީ ސެޓްފިކެޓުގެ ކޮޕީ ހުށަހަޅަން ވާނެއެވެ .މި ޚިދުމަތަށް އެދި ހުށަހަޅާ ސިޓީގައި ހާދިސާ ހިނގިތަނާއި ތާރީޚް ބަޔާންކުރައްވަން ވާނެއެވެ

ޚިދުމަތަށް އެދެވޭނީ ކޮންތާކުށް؟

  • މިނިސްޓްރީ އޮފް ޑިފެންސް އަމީރު އަޙްމަދު މަގު މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

އެސިސްޓަންޓް ޑިރެކްޓަރ

ޙިފްޒާ އިބްރާހީމް

ފޯން: 601 3322 960+

ފެކްސް: 525 3325 960