Skip to main content

ޚިދުމަތް ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުން

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން

ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މިނިސްޓްރީގެ ހާއްސަ ހުއްދަ އާއެކު މެނުވީ ދިވެހިރާއްޖެއަށް ގެނައުން މަނާކުރެވިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެވެއެވެ. މި ހުއްދައަށް އެދި ހުށަހަޅަން ވަނީ އެފަދަ ކެމިކަލްތައް ރާއްޖެ ގެނައުމުގެ ކުރިންނެވެ. ކެމިކަލް ރާއްޖެ އެތެރެކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅުއްވާ އިރު އެތަކެތީގެ ކެމިކަލް ނަމާއި އެތެރެކުރުން އެދޭ މިންވަރާއި، ބޭނުން އަދި ރައްކާކުރަން ބޭނުންވާ ތަނުގެ މައުލޫމާތު ހުށަހަޅުއްވަންވާނެއެވެ. އަދި މި މިނިސްޓްރީ އިން އެދިއްޖެ ހާލަތެއްގައި އެތަކެތީގެ މެޓީރިއަލް ސޭފްޓީ ޑޭޓާ ޝީޓް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުން ބައެއް ކެމިކަލްތަކަކީ ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ މަސައްކަތާއި ގުޅިގެން، އެއިދަރާތަކުން ބަލަހައްޓަވަމުންދާ ކެމިކަލްތަކަށް ވާތީ، އެފަދަ ކެމިކަލްތައް ރާއްޖެ އެތެރެކުރެއްވުމަށް ހުއްދައަށް އެދިލައްވާއިރު އެއިދާރާތަކުން ކެމިކަލް އެތެރެކުރުމަށް އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ. އެފަދަ އިދާރާތަކާއި އެއިދާރާތަކުން ބަލަހައްޓަވަމުންދާ ކެމިކަލްތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ- ޕެސްޓިސައިޑް އަދި ފާޓިލައިޒަރ1

2.މިނިސްޓްރީ އޮފް އެންވަޔަރމަންޓް - އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް

  1. ނޭޝަނަލް ޑްރަގްސް އޭޖެންސީ- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާން ކުރެވިފައިވާ ކެމިކަލްތައް

  2. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ - އާއްމު ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ ކެމިކަލްތައް

ޚިދުމަތަށް އެދެވޭނީ ކާކަށް؟

  • ރައްޔިތުން

ޚިދުމަތަށް އެދެން ބޭނުންވާނެ ލިޔެކިއުން

މި ޚިދުމަތަށް އެދި ހުށަހަޅުއްވަން ވަނީ "ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމް" އިންނެވެ.

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު

މި ފޯރމް ޚިދުމަތަށް އެދޭ ފޯރމް ބައިން ޑައުންލޯޑް ކުރެއްވޭނެއެވެ

ޚިދުމަތަށް އެދެވޭނީ ކޮންތާކުށް؟

  • މިނިސްޓްރީ އޮފް ޑިފެންސް އަމީރު އަޙްމަދު މަގު މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

ޒިދުނާ މުޙައްމަދު

ޓެކްނޮލޮޖިސްޓް

ފޯން: 3322601

ފެކްސް: 3325525

ޚިދުމަތަށް ނަގާ ފީ

500/- ރެވެނިއު ސްޓޭމްޕް