Skip to main content

ޚިދުމަތް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަޙައްދު (ގްރީން ޒޯން) ސަރަޙައްދުގައި މަސައްކަތްކުރުމަށާއި ހަރަކާތްތައް ހިންގުމަށް ހުއްދަ ދޫކުރުން

މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން

• ގްރީން ޒޯން ސަރަޙައްދުގެ މަގުތަކުގައި މަސައްކަތްކުރުމަށާއި ހަރަކާތް ހިންގުމަށާއި އަދި އެ ސަރަޙައްދުގައި ހިމެނޭ އިމާރާތްތަކުގެ މައްޗަށް އަރައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި މި މިނިސްޓްރީގެ ހުއްދަ ބޭނުންވާނެއެވެ.

• ސިޓީ ކައުންސިލުން ހުއްދަ ދޫކުރާ މަސައްކަތްތަކަށް މި މިނިސްޓްރީގެ ހުއްދައަށް އެދި ފޯމު ހުށަހަޅާނީ އެ ކައުންސިލުންނެވެ.

• ބަންޑާރަކޮށި ހިމެނޭ ގްރީން ޒޯނު ސަރަހައްދުގައި އިމާރާތް ކުރާނަމަ އެމް.އެން.ޑީއެފްގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދަންޖެހޭނެއެވެ. އަދި އެކަން ކުރުމަށްޓަކައި އިމާރާތްކުރުމުގެ ކުރިން ކުރެހުންތައް މި މިނިސްޓްރީއަށް ހުށަހަޅައިގެން އެ ކުރެހުންތައް ފާސް ކުރަންޖެހޭނެއެވެ.

• ގްރީން ޒޯން ސަރަޙައްދުގައި މަސައްކަތެއް ނުވަތަ ހަރަކާތެއް ހިންގާނަމަ "ސެކިއުރިޓީ ޒޯންގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި މަސައްކަތްކުރުމަށް ނުވަތަ ޙަރަކާތް ހިންގުމަށް ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މި މިނިސްޓްރީއަށް ހުށަހެޅުއްވުމުން ބަންދު ދުވަސްތައް ނުހިމަނާ 2 ދުވަހުގެ ތެރޭގައި ހުއްދައިގެ ކަންތައް ހަމަޖައްސައިދެވޭނެއެވެ. މިގޮތަށް ހުއްދަ ދިން ކަމުގައިވީނަމަވެސް ސިފައިން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން މަސައްކަތް ހުއްޓާލަން އަންގަވައިފިނަމަ، އެ އަންގަވާ ވަގުތަކަށް މަސައްކަތް ހުއްޓާލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ޚިދުމަތަށް އެދެވޭނީ ކާކަށް؟

  • ރައްޔިތުން

ޚިދުމަތަށް އެދެން ބޭނުންވާނެ ލިޔެކިއުން

• ސަރުކާރުގެ އޮފީސްތަކުން، ކުންފުނި/ޖަމިއްޔާތަކުން، އަމިއްލަ ފަރުދުން.

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު

މި ޚިދުމަތާއި ގުޅިގެން ފުރުއްވަންޖެހޭ ފޯރމް މި ވެބްސައިޓްގެ ޚިދުމަތަށްއެދޭ ފޯރމްގެ ބައިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޚިދުމަތަށް އެދެވޭނީ ކޮންތާކުށް؟

  • މިނިސްޓްރީ އޮފް ޑިފެންސް އަމީރު އަޙްމަދު މަގު މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޒިޔާދު ފޯނު ނަންބަރު 3314669

ލިޔެކިޔުން


security-zone.pdf

ފޯމެޓް : PDF
ސައިޒް: KB 1.35 MB
Green Zone hudhda application form.pdf

ފޯމެޓް : PDF
ސައިޒް: KB 158.84 KB